!އަންހެނުންގެ އާ ރޫހެއް

ދެހާސް ބާރާވަނަ އަހަރުގެ ފެބްއުރީމަހުގެ 24 ވީ ދުވަހަކީ ހަމަ ގައިމުވެސް އެތައް ހާސް ދިވެހި އަންހެނުންތަކަށް ވަރުގަދަ ފޯރިއަކާ ހިތްވަރެއް ލިބިގެން ދިޔަ ދުވަހެއް.

އެމްޑީޕީއިން ބޭއްވި ހިނގާލުމުގައި އިލެކްޝަނަކަށް ގޮވާލަމުން، ބާގީ ސަރުކާރަށް އިންޒާރު ދެމުން ފޮޅެމުން ހެމުން ހަޅޭލަވަމުން މާފަންނު ސިއްލަންކޮޅުން ފެށީގެން ހިނގަމުން ހިނގަމުން ގޮސް ރާޅުގަނޑު އިންސާފު  މައިދާނަށް ހުއްޓުނު ހާހުން ހާހުން ގުނާލެވޭ އަންހެނުންތަކަށް އެދުވަހު އެލިބުނު ހިތްވަރާ، އެތަނުން ފެނުނު ޖޯޝުން ބަލަންތިބި އަންހެނުންނާ ފިރިހެނުންނަށް ލިބުނު އުފާވެރިކަމާ، އަލުން އެ ވީޑިއޯ ބަލާ ކޮންމެ ފަހަރަކު  ’މިއީ ހާދަ ވަރުގަދަ ޖޯޝެކޭ’ ހިތަށް އެރި މީހުންނަށް ކުރެވުނު އިހުސާސްތަކުން މިގައުމު ބޮޑު ފުރޮޅާލުމަކުން ކުރިއަށް ފުރޮޅިގެން ދާނެކަން ހަމަ ޔަގީން ކަށަވަރު.

އެއީ ގައިމުވެސް ދިވެހި އަންހެނުންތަކެއް އެއްތާކަށް އެއްފަހަރާ އެއްކަމަށް ގޮވާލި އެންމެ ބޮޑު އެއްވުން. އަންހެނާގެ އަމިއްލަވަންތަކަމާއި ބާރުވެރިކަމާއި ވައްޓަފާޅިކަން ގައުމަށް ފެނިގެން ދިއަ ބޮޑު އެއްވުން. ދެނެއް މިކަހަލަ ފުރަތަމަ އެއްވުމެއް ނުބޭއްވޭނެ. ދެން ބޭއްވޭނީ ދެވަނަ، ތިންވަނަ، ހަތަރުވަނައިން … ގުނާނެ ހިސާބަކަށް ދެން ދާންވީ.

ދެން ދާ ހިސާބުތަކާ ދާނެ ދިމާތައް ބަލާހިތުން މިހާރު ހުރެވެނީ ކިރިޔާ!

ބައެއް ރޯނުއެދުރު ޝޭހުންނާ މީސްމީހުން ހެސްކިޔާފަ އަންހެނުން ހިފަހައްޓާ އޮބަހައްޓާ، ބޮޑުފޮއްޓަށް ލައިގެން އުޅެން މިހާ ފައި ވިއްދާފަ ތިބި ދުވަސްވަރެއްގައި މިވެގެން އައި އުފާވެރިކަމަކުން މިނިވަންކަމަށާއި   އިންސާނިއްޔަތަށާއި ފަރުދީ ލޯތްބަށް މަސައްކަތްކުރާ އަންހެނުންނަށާއި ފިރިހެނުންނަށް ލިބިގެން ދާނެ ޔަގީންކަމާއި އުއްމީދު ހަނދާކޮށް ހެސްކިޔާފަ އުފާކޮށް މިކަން ރޭވި ބަޔަކަށް

ޝުކުރިއްޔާ ކިޔަން ދެނެއް މީ ނުވާ ކަމަކަށް ނުވާނެ.

Related posts:

 

0 Comments

You can be the first one to leave a comment.

Leave a Comment